ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގެންފި

ކ

ކްރިޓިކްސް

15 ފެބްރުއަރީ 2026
06:24
ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގެންފި

ކަނޑުގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 29 މިލިއަން ރުފިޔާގެ އަގުހުރި ހަޝިޝް އޮއިލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ކަސްޓަމްސްއިން އެކްސްގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި ތަކެތި ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ވިޔަފާރި ބަނދަރަށް ބޭރުން ގެނައި މުދާ ޝިޕްމެންޓެއް ފާސްކުރުމުގެ ތެރޭގައެވެ.

އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، އެ ތަކެތި ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ކަށަވަރުކޮށްދެއެވެ.

މި ޝިޕްމެންޓުގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 36.43 ކިލޯ ހުރިއިރު، މީގެ ބާޒާރުގެ އަގު ގާތްގަނޑަކަށް 29 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ކަސްޓަމްސްއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މި ތަކެތި ބަންދުކޮށްފައި ހުރީ ރަބަރު ކޮތަޅުތަކެއްގައެވެ.

މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ އިދާރާއާ ހަވާލުކުރެވިފައެވެ.

މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކުރިކަމަކަށް ފުލުހުން ނުބުނެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް