ކުޅިވަރު

ރާއްޖެއާއި ފަލަސްޠީނު މެޗުގެ ސްވެނިއާ ޓިކެޓެއް ރައީސް ބައްލަވައިގެންފި

ހއ

ހުސެއިން އާދަމް

13 ނޮވެމްބަރ 2025
07:42
ރާއްޖެއާއި ފަލަސްޠީނު މެޗުގެ ސްވެނިއާ ޓިކެޓެއް ރައީސް ބައްލަވައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ.

މި ރަމްޒީ ޓިކެޓު ރައީސްއާއި ޙަވާލުކޮށްދެއްވީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙުމަދު ތާރިޤެވެ. ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު މިރޭ ކުޅެވޭ އެކުވެރިކަމުގެ މި މެޗު ބައްލަވާލެއްވުމަށް ރައީސް ދަނޑަށް ވަޑައިގަންނަވާނެއެވެ. މި ދެ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗު އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މެޗުތަކާ ގުޅިގެން ވިއްކާ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމަށްޓަކައި އެފް.އޭ.އެމުން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ. ޕްލެޓިނަމް އަދި ގޯލްޑް ކެޓަގަރީ ހިމެނޭ މި ޓިކެޓްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައްލަވައިގެންނެވީ ޕްލެޓިނަމް ޓިކެޓެވެ.

މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފް.އޭ.އެމުން ހާމަކުރައްވާފައިވެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް