ކުޅިވަރު

ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް ނިންމަވައިފި

ހއ

ހުސެއިން އާދަމް

26 ޖަނަވަރީ 2026
07:24
ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް ނިންމަވައިފި

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، އިނާމު ފައިސާގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއުއާ ޙަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު ސްްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ފުޓްބޯޅަ ޓީމަށާއި، ސާފް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުން އެއްވަނަ ހޯދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މި ފައިސާގެ އިނާމު ލިބޭނެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސްގެ މި ނިންމެވުމަކީ މުޅި ޓީމުގެ ހުރިހާ މެންބަރުން ޝާމިލުވާ ގޮތަށް ދެއްވާ ބޯނަހެކެވެ.

މީގެ އިތުރުން، ފުޓްބޯޅަ ޓީމުން ހޯދި ކާމިޔާބީއާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އެ ޓީމާ ބައްދަލުކުރެއްވި އިރުވެސް، މިފަދަ އިނާމެއް ދެއްވާނެކަމުގެ އިޝާރާތެއް ކުރައްވާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ކުޅުން މިއަދު ނިމުމަކަށް އަންނައިރު، ރާއްޖޭގެ ފަހު ކުރިމަތިލުން އޮންނާނީ ލަންކާއާ ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރު ބާރަ ޖަހާއިރުއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް