ލައިފް ސްޓައިލް

ފޯނު ގިނައިން ބޭނުންކުރާނަމަ މުސްކުޅިވުން އަވަސްވަނީތަ؟

ހއ

ހުސެއިން އާދަމް

08 ނޮވެމްބަރ 2025
07:58
ފޯނު ގިނައިން ބޭނުންކުރާނަމަ މުސްކުޅިވުން އަވަސްވަނީތަ؟

ސްކްރޯލްކުރުމަކާއި، ސްވައިޕްކުރުމަކާއި، ޑިވައިސްއަށް ގިނަ އިރުތަކެއް ވަންދެން ބަލަން އިނުމުން އޭގެ އަސަރު ފެންނަމުން ދެއެވެ.

އެވްރެޖްކޮށް ކޮންމެ މީހަކު ވެސް ދުވާލަކު ފަސް ގަޑިއިރަށްވުރެ ގިނައިރު ފޯނަށް ބަލައެވެ. ސްކްރީން ޓައިމްގެ ސަބަބުން އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު މުސްކުޅިވުން އަވަސްވަމުންދާ ކަމަށް ތަޖުރިބާކާރުން އިންޒާރު ދެމުން އެބަދެއެވެ.

ޑަރމަޓޮލޮޖިސްޓުން މިކަމަށް ކިޔަނީ "ޓެކް ނެކް" އެވެ. އަދި މިއީ ޒުވާން ބަލިމީހުންގެ މެދުގައި ވެސް އިތުރުވަމުން އަންނަ ކަމެކެވެ. މިކަމާ ބެހޭގޮތުން ތިބާއަށް އެނގެންޖެހޭ ހުރިހާ ކަމެއް މިކިޔައި ދެނީއެވެ.

ޓެކް ނެކް އަކީ ކޮބާ؟

މިއީ ފޯނު، ކޮމްޕިއުޓަރު އަދި އެހެނިހެން ޑިވައިސްތައް ބޭނުންކުރާއިރު ތަކުރާރުކޮށް ބޯ ކުރިއަށް ލެނބުމުގެ ސަބަބުން ކަރުގައި އަވަހަށް ރޫޖެހި، ހަންގަނޑު ދޫވެގެންދިއުމެވެ.

މައުންޓް ސިނާއީ-ކްލިނިކް ހެލްތީ ސްކިން ޑަރމަޓޮލޮޖީ ސެންޓަރުގެ ކޯ-ޑިރެކްޓަރު ޑރ. ހެލެން ހީ ވިދާޅުވީ، "ކަރުގެ ހަންގަނޑަކީ ހަށިގަނޑުގެ ގިނަ ބައިތަކާ އަޅާބަލާއިރު ތުނި އަދި އިހުސާސް ބޮޑު ތަނެއް. އެހެންކަމުން އުމުރުން ދުވަސްވުމާއެކު، ކަރުގައި ރޫޖެހުމާއި ރޮނގުތައް އުފެދުމުގެ ފުރުސަތު ބޮޑު."

"ކަރުގެ ހަންގަނޑު ދޫވުމާއި، ރޫޖެހުމާއި، ހުރަސް ރޮނގުތަކާއި، ކްރީސްތަކާ މެދު ކަންބޮޑުވާ ބަލިމީހުންގެ އަދަދު އިތުރުވަމުންދާކަން އަހަރެންނަށް ވަރަށް ސާފުކޮށް ފެނޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މި މައްސަލަ އުމުރުން ދުވަސްވުމާއެކު އިތުރަށް ފާޅުވާން ފަށާއިރު، ޒުވާނުންގެ މެދުގައި ވެސް މިއީ "އިތުރުވަމުން އަންނަ ކަމެއް" ކަމަށް ހީ ވިދާޅުވިއެވެ.

ފްލޮރިޑާގެ ވެސްޓް ޕާމް ބީޗްގައި ހުންނަ ބޯޑު ސެޓިފައިޑް ޑަރމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ.ޖޭކޮބް ބީއާރ އަށް ވެސް މިފަދަ ޓްރެންޑެއް ފެންނަމުން އެބަދެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަރުގެ ރީތިކަމާ ބެހޭ ކަންބޮޑުވުންތަކާއެކު ބަލިމީހުން އަންނައިރު، އުމުރާ ގުޅިގެން އެކި އަސަރުތައް ފެނިދާނެއެވެ.

"އާންމުކޮށް، މެދު އުމުރުގެ އަދި ޒުވާނުންގެ ކަރުގެ ކުރިމަތީގައި އަވިން ލިބޭ ގެއްލުމާ ގުޅިގެންނާއި، ޑިވައިސްތަކަށް ބެލުމަށްޓަކައި ކަރު ލެނބުމުގެ ސަބަބުން ރޮނގުތައް ފެނޭ." އޭނާ ވިދާޅުވިއެވެ.

ޓެކް ނެކް (Tech Neck) ހުއްޓުވޭނެތޯ؟

އުންމީދު ގެއްލިފައެއް ނުވެއެވެ. އޭނާ ލަފާދެނީ ހަށިގަނޑު ބަހައްޓާ ގޮތާމެދު ސަމާލުވުމަށެވެ. އެއީ ކަރު ތިރިކޮށް ބެލުމުގެ ބަދަލުގައި ސްކްރީން ލޮލުގެ ލެވެލަށް މައްޗަށް ގެނައުމެވެ. މިއީ ޓެކް ނެކް ރަނގަޅުކޮށް މަސްތަކުގެ ހީވާގިކަން (muscle tension) ކުޑަކޮށްދޭނެ ކަމެކެވެ. ހަމުގެ ފަރުވާ (Skincare) ވެސް ބޮޑު ތަފާތެއް ގެނެސްދެއެވެ.

"މަޑު ކްލެންޒާއެއް، ހައިޑްރޭޓިންގ މޮއިސްޗަރައިޒާއެއް އަދި ސަންސްކްރީނަކީ ކޮންމެހެން ބޭނުންވާ އެއްޗެކެވެ،" އޭނާ ބުންޏެވެ. "އެހެން ބޭނުންތެރި ޓޮޕިކަލް މާއްދާތަކުގެ ތެރޭގައި ރެޓިނޮއިޑްސް، ޕެޕްޓައިޑްސް، ހައިލިއުރޮނިކް އެސިޑް އަދި ވިޓަމިން ސީ އާއި އީ ފަދަ އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ."

ބީއަރ ވަނީ އަވަހަށް މުސްކުޅިވުން ހުއްޓުވުމަށް ކަރުގައި ސަންސްކްރީން ބޭނުންކުރުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަނީ އެމީހުން އާންމުކޮށް ސަންސްކްރީން ހަނދާންކޮށްފައި މޫނުގައި އުނގުޅާ ތަންތަނާއި، އެމީހުންގެ ކަރުގެ ހަމުގެ ކުލަ ތަފާތުވާ ބަލިމީހުންނެވެ،" އޭނާ ބުންޏެވެ. އަދި އެސްޕީއެފް 30 ނުވަތަ އެއަށްވުރެ މަތީގެ ސަންސްކްރީން ބޭނުންކުރުމަށް ލަފާދިނެވެ.

އަދި އެގްޒީމާ ފަދަ ހަމުގެ ހާލަތްތަކަށް ފަރުވާކުރާށެވެ، އެއީ ހަމުގެ ބެރިއަރަށް ގެއްލުންދީ އަދި ރޮނގުތައް އިތުރަށް ގޯސްކޮށްލާ ކަމެކެވެ.

ޓެކް ނެކް އަށް ފަރުވާކުރެވޭނެތޯ؟

ހަމުގެ ފަރުވާއާއި އިރުން ރައްކާތެރިވުމަކީ ހުއްޓުވުމާއި ފަރުވާގެ "އަސާސީ ތަނބުތައް" ކަމަށް ހީ ވިދާޅުވިއެވެ. ނަމަވެސް އޮފީހުގައި ކުރެވޭ ފަރުވާތައް ވެސް އެހީތެރިވެދެއެވެ.

"މީގެ ތެރޭގައި ހަންގަނޑު ހިމަކޮށް އަދި އާ ކޮލަޖަން އާއި އިލާސްޓިން އުފެއްދުމަށް ބާރުއެޅުމަށް އަލްޓްރާސައުންޑް ނުވަތަ ރޭޑިއޯފްރީކުއެންސީ ޓެކްނޮލޮޖީ ބޭނުންކުރާ ޑިވައިސްތައް ހިމެނޭ. އެއީ ކަރުގެ ހަންގަނޑު ދޫވެފައި ހުރުމާއި އަދި ހަންގަނޑު ރޫޖެހިފައި ހުރުމަށް ވަރަށް އަސަރުކުރާ ފަރުވާތަކެއް،" ހީ ވިދާޅުވިއެވެ.

ބީއަރ އޭނާގެ ޕްރެކްޓިސްގައި ގިނައިން ލޭޒަރ ފަރުވާ ބޭނުންކުރެއެވެ. އޭގެ ތެރޭގައި އޭނާ އެންމެ ގަޔާވާ އެއް ފަރުވާއަކީ އެބްލޭޓިވް ކާބަން ޑައިއޮކްސައިޑް ލޭޒަރެވެ.

އެހާ ބޮޑު ނުފޫޒެއް ނުފޯރާ ފަރުވާއެއް ބޭނުންވާ ފަރާތްތަކަށް، ބީއަރ ވިދާޅުވީ ސުޕަރފިޝަލް ކެމިކަލް ޕީލް އަކީ ވަގުތު ކުޑަކޮށް ނަގާނެ ނަމަވެސް އިތުރަށް މަޑުމަޑު ނަތީޖާއެއް ލިބޭނެ ފަރުވާއެއް ކަމަށެވެ. މަސްތަކުގެ ސަބަބުން ކަރުގައި ފާޅުކޮށް ރޮނގުތައް ހުންނަ ބަލިމީހުންނަށް، ހީ ބޭނުންކުރަނީ މަސްތައް ދޫކޮށްލުމަށް ބޮޓޮކްސް ފަދަ ނިއުރޯމޮޑިއުލޭޓަރުތަކެވެ.

ޓެގްތައް
ޓެކްނޮލޮޖީ
ލައިފްސްޓައިލް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް