ސިޔާސީ

އެންމެ އާބާދީ ކުޑަ ވ.ތިނަދޫ ކައުންސިލް ރައީސްކަން ވެސް ޕީއެންސީއަށް ނުހޯދުނު

ހއ

ހުސެއިން އާދަމް

28 ނޮވެމްބަރ 2026
15:13
އެންމެ އާބާދީ ކުޑަ ވ.ތިނަދޫ ކައުންސިލް ރައީސްކަން ވެސް ޕީއެންސީއަށް ނުހޯދުނު

އެންމެ އާބާދީ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި މިއަދު ބޭއްވި ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ސުޖާއު އަލީ ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިހާބުގައި މިހާތަނަށް ގުނުނު ވޯޓުން ސުޖާއު ވަނީ 87 ވޯޓު ހޯއްދަވާފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި އޭނާއާ ވާދަކުރެއްވި އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބިފައިވަނީ 42 ވޯޓެވެ. އަދި އެއް ވޯޓު ފޮށީގެ ނަތީޖާ މުޅިން އެއްކޮށް ގުނައި ނިމިފައެއް ނުވެއެވެ.

ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން މި ބައި-އިލެކްޝަން ބާއްވަން ނިންމީއެވެ.

މި އަހަރުގެ އޭޕްރީލް 4 ގައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޝުޖާއު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

އެހެންނަމަވެސް، ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ދަ ޑިމޮކްރެޓްސް އުވާލާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރީ އޭޕްރީލް 11، 2026 ގައެވެ.

ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް އެލްޖީއޭއިން ކަނޑައެޅިއިރު، އެ މުއްދަތާ ހަމައަށް އޭނާ ހުންނެވީ ކައުންސިލްގެ ރައީސްކަމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑްކޮށްފައެވެ. ޝުޖާއު ވެގެންގޮސްފައިވަނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމުގެ ސަބަބުން ކައުންސިލަރުކަމުގެ ގޮނޑި ގެއްލުނު ފުރަތަމަ ފަރާތަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް