ސިޔާސީ

މަޝްރޫއުތައް ކުރިއަށް ނުދިއުމުގެ ޒިންމާ މުސްޠަލިބު އެޅުވީ ބޮޑުހިލައާ

ހއ

ހުސެއިން އާދަމް

24 ނޮވެމްބަރ 2026
08:46
މަޝްރޫއުތައް ކުރިއަށް ނުދިއުމުގެ ޒިންމާ މުސްޠަލިބު އެޅުވީ ބޮޑުހިލައާ

އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިވަގުތަށް ހުއްޓިފައި ވަނީ އެ މަޝްރޫއުތަކަށް ބޭނުންވާ ހިލަ ނުލިބޭތީ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަޝްރޫއުތައް ހުއްޓިފައިވާ މައިގަނޑު ސަބަބަކީ ބޭރުގެ ހަނގުރާމަތަކާ ގުޅިގެން ހިލަ ލިބުން ތާށިވުން ކަމަށެވެ. އެގޮތުން، ގިނަ ދާއިރާތަކެއްގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މެންބަރުންގެ ސުވާލުތަކާ ގުޅިގެން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މެންބަރު ވާހަކަ ދައްކަވާ ގޮތުން ހީވަނީ އަޅުގަނޑުމެން ތަންތަނަށް ގޮސް ހަނގުރާމަ ކުރަނީހެން. އެކަމަކު، މީގައި މައްސަލައަކީ ހަނގުރާމަތަކާ ގުޅިގެން ހިލަ ލިބުން ތާށިވުން،" ކަމަށެވެ.

މީގެ އިތުރުން ވަޒީރު މުއްތޮލިބު ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ހިލަ ލިބުމުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވުމާއެކު، މިހާރު މަޑުޖެހިފައިވާ މަޝްރޫއުތަކުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް