މުނިފޫހިފިލުވުން

އައްޔުގެ އާ ލަވައިން އުކުޅަހުގެ އާރިއާ

ހއ

ހުސެއިން އާދަމް

08 އޯގަސްޓް 2026
13:42
އައްޔުގެ އާ ލަވައިން އުކުޅަހުގެ އާރިއާ

މަޝްހޫރު ލަވަކިޔުންތެރިޔާ އައްޔުގެ ފުރަތަމަ ވީޑިއޯ ލަވައިގެ ޓްރެއިލާ އައްޔުގެ މީސްމީޑިޔާ އެކައުންޓް ތަކުގައި ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ލަވައިގެ މި ވަރޝަން އަކީ އައްޔު އަމިއްލައަށް ކޮމްޕޯޒްކޮށް މުޅި ލަވަ ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މި ލަވައިގައި ލައިވް ގިޓާ ކުޅެދީފައިވަނީ ލިޒާންއެވެ.

ގިނަ ބަޔަކަށް ކަމުދިޔަ މި ލަވައިގެ އޮރިޖިނަލް ލަވައަކީ އަކީ ލަމްއާން ހިދާދުގެ އަމިއްލަ އުފެއްދުމެކެވެ. މި ލަވައަކީ އޭނަގެ ލޯބިވާ އަނބިމީހާ އަށް ޚާއްސަ ކޮށް ލަމްއާން ހަދާދީފައިވާ ލަވައެއްކަން ލަމްއާން ފަހާގަކޮށްފައިވެއެވެ.

މި ލަވައިގެ ވީޑިއޯގެ މަސައްކަތް ކޮށްފައިވަނީ މިފަހުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ދޯދި" ގެ ވީޑިއޯ ޕްރޮޑަކްޝަން ޓީމު، ޝެޕަރޑް މޯލްޑިވްސް އިންނެވެ. ލަވައިގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަމުން އައްޔު ވަނީ މޮވާނު އަދި ލައު އަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. މީގެ އިތުރުން، އައިލެންޑް ޕާފިއުމް އިން އަލަށް ތައާރަފުކުރި ސެންޓުވެސް މި ލަވައިގެ ވީޑިއޯއިން ފެނިގެންދާނެއެވެ.

ލަވައިގެ މަންޒަރުތަކާ ގުޅޭގޮތުން އައްޔު ފާހަގަކުރި ގޮތުގައި، މި ވީޑިއޯއިން އަރިއަތޮޅު ރީޖަންގެ އެންމެ ރީތި އެއް ގެސްޓް ހައުސް ކަމަށްވާ އާރިއާ ބީޗްގެ ހިތްގައިމުކަމާއި އުކުޅަހުގެ ގުދުރަތީ ރީތި މަންޒަރުތައް ފެނިގެންދާނެއެވެ. އާރިއާ ބީޗްގެ ފަރާތުން ސަމީއު ބުނީ، ގިނަ ފޭނުންގެ އެދުމުގެ މަތިން އައްޔުގެ ފުރަތަމަ ވީޑިއޯ ލަވަ އެތަނުގައި ހޯސްޓް ކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

އައްޔުގެ ފުރަތަމަ ވީޑިއޯ ލަވައެއްގެ ގޮތުގައި މި ލަވަ ނެރެން ނިންމީ، މީގެ ކުރިން އޭނާ ނެރުނު މެޝަޕްގައި މި ލަވަ ހިމެނިފައިވުމުން، ގިނަ އަދަދެއްގެ އަޑުއެހުންތެރިން މި ލަވައިގެ ވީޑިއޯއަކަށް އެދެމުންދާތީއެވެ. މި ލަވަ ވަރަށް އަވަހަށް ޔޫޓިއުބް އަދި އެހެނިހެން ސްޓްރީމިންގ ޕްލެޓްފޯމްތަކަށް ދޫކޮށްލާނެ ކަމަށް މައުލޫމާތު ލިބެއެވެ.


ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް